ads
ފޮޓޯ: މޯލްޑިވިއަން
އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލައިފި
ރާއްޖެއިން އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލައިފި އެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން މިއަދު އިތުރު 200 މީހަކު ފޮނުވާލާފައިވާއިރު މިއީ މޯލްޑިވިއަނުން މިގޮތަށް ކުރާ 40 ވަނަ ދަތުރެވެ. 

މޯލްޑިވިއަނުން ބުނީ މިއާއެކު މޯލްޑިވިއަނުން އަނބުރާ ބަންގްލަދޭޝަށް ގެންދިޔަ މީހުންގެ އަދަދު 7732 އަރާނެ ކަމަށެެވެ. އެގޮތުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެމީހުން ގެންގޮސްފައިވާއިރު ރާއްޖޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް މީހުން އުޅެމުންދާތީ އެ އަދަދު ތިރިކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. 

މޯލްޑިވިއަންގެ ފްލައިޓުތަކުގައި އެމީހުން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނައިރު ކޮވިޑާއި ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އައި އެގައުމުގެ އަސްކަރީ އުޅަނދުތަކެއްގައި ވެސް އެގައުމުގެ ރައްޔިތުންތަކެއް ގެންގޮސްފައިވެ އެވެ. 

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 20000 އާ ގާތް ކުރާ އަދަދަކަށް މީހުން އަނބުރާ ގައުމަށް ފޮނުވާލުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް