ads
ފޮޓޯ: އެމްއޭސީއެލް
ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ފްލައިޓް މޫވްމަންޓް ރެކޯޑުކުރެވުނީ ހޯމަ ދުވަހު
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފްލައިޓް މޫވްމަންޓް، އެއް ދުވަހެއްގެ ތެރޭގައި ރިކޯޑުކުރެވިފައި ވަނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލުން ބުނީ މިދިޔަ ހޯމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 147 ފްލައިޓް މޫވްމަންޓް ރެކޯޑްކުރެވިފައިވާ ކަމަށެވެ. 

އޭގެ ތެރޭގައި ހިމެނެނީ ރަންވޭގެ 39 މޫވްމަންޓަކާއި ސީޕްލޭންގެ 108 މޫވްމަންޓް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ދުވަހެއް ދުވަހަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފްލައިޓް މޫވްމަންޓް އިތުރުވަމުން އަންނަކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ ފްލައިޓް މޫވްމަންޓް އިތުރުވުމަކީ އެއާ ޓްރެފިކް ރަނގަޅުވަމުން އަންނަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތްވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ބޯޑަރު ހުޅުވާލި ފަހުން އައީ 18،596 ފަތުރުވެރިއެކެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއް ލައްކަ ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް