ads
ހައިދްރާއާބާދުގައި ފެން ބޮޑުވެފައި. ފޮޓޯ: އިންޑިޔަން އެކްސްޕްރެސް
ބޯކޮށްވާރޭވެހި ލިބުނު ގެއްލުމުގައި އިންޑިއާ އިން 17 މީހަކު މަރުވެއްޖެ
އިންޑިއާގެ ދެކުނުގެ ބައެއް އަވަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 17 މީހަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑެއްގެ ސަބަބުން އިންޑިއާގެ ދެކުނުގެ ބައެއް އަވަށްތައް ކަމަށްވާ އަންދްރަ ޕްރަދޭޝް، ޓެލަންގަނާ، އަދި އޮދިޝާ އަށް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފަ އެވެ. ޓެލަންގަނާ އާއި އަންދްރަ ޕްރަދޭޝް އަށް ވަނީ ތިން ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހިފައެވެ. ވޭތުވެދިޔަ 48 ގަޑިއިރުތެރޭ ޓެލަންގަނާގެ އަވަށުން ބާރަ މީހަކު މަރުވެފައިވާ އިރު އަންދްރަ ޕްރަދޭޝް އިން ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ރޭ ޓެލަންގަނާގެ ހައިދްރާއާބާދަށް ކުރި ވިއްސާރައިގެ ސަބަބުން އެ ރަށުގައި ހުރި ގެއެއްގެ ފާރެއް ވެއްޓި، ކައިރީ ހުރި ގެތަކަށް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ. މި ގެއްލުންތަކުގެ ސަބަބުން ނުވަ މީހަކު ވަނީ މަރުވެ، ދެ މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. މަރުވި މީހުންގެ ތެރޭގައި ދެ މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރެ އެވެ.

އޭގެ އިތުރުން ހައިދްރާއާބާދުގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ދުއްވާ އުޅަނދު ފަހަރުވެސް ބޭނުންކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ހައިދްރާއާބާދުގެ އެކި ހިސާބުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.

ޓެލަންގަނާ އަވަށަށް ކުރި ވިއްސާރައިގެ ސަބަބުން އެ އަވަށުގެ ސަރުކާރުން ވަނީ މި ހަފްތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެގޮތުން އެ ދެ ދުވަހު ޕްރައިވެޓް މުއައްސަސާތަކާއި އޮފީސްތައް ބަންދުވާނެ ކަމަށް ކަނޑައަޅައި، ގޭގައި ތިބުމަށް ވަނީ އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް