ads
ޑރ. ޖަމީލް--
ރައީސް ޔާމީނަށް އިންސާފު ނުލިބެނީ ރައީސް ނަޝީދުގެ ނުފޫޒު އޮތް ޖޭއެސްސީއެއް އޮތީމަ: ޑރ. ޖަމީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ސަރުކާރުގެ ނުފޫޒު އޮތް ޖޭއެސްސީއެއް އޮތުމުން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު އެގޮތަށް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އެމަނިކުފާނު އިނުމަކީ ކުރީގެ ރައީސް ޔާމީން އެންމެ ބޮޑަށް ބޭނުންފުޅުވާނެ އެއްކަން ކަމަށް ކުރީގެ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަ ކަމަށާއި ކުރީގެ ރައީސް ޔާމީންއަށް ކުރިމިނަލް ކޯޓުގައި އިންސާފު ނުލިބުމުގެ ސަބަބަކީ ކުރީގެ ރައީސް ނަޝީދު އާއި ސަރުކާރުގެ ނުފޫޒްއޮތް ޖޭއެސްސީއެއް އޮތުން ކަމަށް ރައީސް ޔާމީން ދެކިވަޑައިގަންނަވާ ކަމަށެވެ. 

ޑރ. ޖަމީލު ވިދާޅުވީ ޖޭއެސްސީން ވަނީ ފާޅުގައި ރައީސް ޔާމީންގެ ޝަކުވާތަކަށް ހުރަސް އަޅުއްވާފައި ކަމަށެވެ.

your imageޑރ. ޖަމީލްގެ ޓްވީޓް--

ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި އިންނަވައިގެން ކުރައްވާ ހުރިހާ މަސައްކަތެއްވެސް ކުރައްވާނީ އިންސާފުވެރިކަމާއި، މަދަދުވެރިކަމާއެކު ކަމަށެވެ. 

މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ މެންބަރުން ވަނީ ޖޭއެސްސީ އިން ރައީސް ނަޝީދު ވަކިވެވަޑައިގަތުމަށް ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް