ads
ލ.ގަން--ފޮޓޯ: އެޑިޝަން
ލ. ގަމުން ޕޮޒިޓިވްވި އަދަދު 62 އަކަށް
ލ. ގަމުން ފެނުނު އެމްއެންޑީއެފް ކްލަސްޓާއާ ގުޅިގެން ކޮވިޑް ޖެހުނު މީހުންގެ އަދަދު 62 އަކަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ގަމުން ފެނުނު ކްލަސްޓާއާ ގުޅިގެން ކޮވިޑަށް އިއްޔެ އެއް މީހަކު ޕޮޒިޓިވްވެފައި ވާއިރު މިއަދު އިތުރު ތިން މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

އަދި އެތަނުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި 28 މީހަކު ފާހަގަކުރެވޭއިރު މިވަގުތު ކަރަންޓީނުގައި ތިބީ 34 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

ހޯމް ކަރަންޓީނުގައި ހުރި މީހަކު ގަމުން ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ މި މަހުގެ 9 ގައެވެ. އަދި އެމްއެންޑީއެފް ކްލަސްޓާ ފާހަގަވީ މި މަހުގެ 3 ގައެވެ.

އެމްއެންޑީއެފް ކްލަސްޓާގައި ހިމެނެނީ ޓްރެއިނިންނަށް ސެޕްޓެމްބަރު 15 ގައި ގަމަށް ދިޔަ ސިފައިންނެވެ. އިންސްޓްރަކްޓަރުން ހިމެނޭ ގޮތަށް 93 މީހަކު އެ ރަށަށް ދިޔައިރު އެމީހުންނަކީ އެމްއެންޑީއެފްގެ ޓްރެއިނިން ބެޗެކެވެ.

އަތޮޅު ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ތިބި 19 ރަށެއް ފާހަގަކުރެވޭއިރު މިހާތަނަށް އަތޮޅު ތެރެއިން ޖުމުލަ 152 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

އޭގެ ތެރޭގައި ހިމެނެނީ 59 ބިދޭސީންއާއި 93 ދިވެހިންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް