ads
އަފްރީދީ އަދި އެމްއެސް ދޯނީ
ދޯނީއާ ދިމާކުރުން ބަލައެއް ނުގަނެވޭނެ: އަފްރީދީ
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީއާ ދޯނީގެ އާއިލާއާ އެއްވެސް ގޮތަކަށް ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ޝަހީދު އަފްރީދީ ބުނެފި އެވެ.

އިންޑިއާއާ އެންމެ ވާދަވެރި، ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަފްރީދީ، އެމްއެސް ދޯނީގެ ދިފާއުގައި މި ނުކުތީ، މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު- އައިޕީއެލްގައި އެމްއެސް ދޯނީ ކުޅޭ ޗެންނާއި ސުޕަ ކިންގްސް، ކޮލްކަތާ ނައިޓް ރައިޑާސް އަތުން ބަލިވި މެޗަށް ފަހު، އިންޑިއާގެ ބައެއް ސަޕޯޓަރުން ދޯނީ ދެކެ ރުޅި އައިސް އޭނާގެ ތުއްތު ދަރިފުޅަށް ސޯޝަލް މީޑިއާގައި އިންޒާރުދީފައިވަނިކޮށެވެ. އައިޕީއެލްގައި ދޯނީއަށް މި އަހަރު އެންމެ އެދެވޭ ކުޅުމެއް ނުދެއްކި، އޭނާއަށް އެކި ގޮތްގޮތުން ދިމާކުރުންވަނީ އިތުރުވަފައެވެ.

ދޯނީގެ ދިފާއުގައި ވާހަކަ ދައްކަމުން، ވާދަވެރި ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަފްރީދީ ބުނީ ދޯނީއާ އެއްގޮތަށްވެސް ދިމާކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.

ދޯނީއާ އޭނާގެ އާއިލާއާ ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ދޯނީއަކީ ކްރިކެޓްގައި އިންޑިޔާ މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދިން ކުޅުންތެރިއެއް. އޭނާވަނީ އިންޑިއާގެ ޖޫނިއާ އަދި ސީނިއާ ކުޅުންތެރިން މުޅިން އެހެން ލެވެލްއަކަށް ގެންގޮސްދީފައި. އޭނާއާ ދިމާ ކުރުމަކީ ކްރިކެޓް އާއިލާއިން ބަލައިގަންނާނެ ކަމެއް ނޫން.

ސޯޝަލް މީޑިއާގައި އެމްއެސް ދޯނީއާ އޭނާގެ އާއިލާއަށް އިންޒާރު ދިން މައްސަލަ އިންޑިއާގެ ފުލުހުން އަންނަނީ މިހާރު ބަލަމުންނެވެ. އަދި އެ މައްސަލައާއި ގުޅިގެން މިހާރު މީހަކު ހައްޔަރުކޮށް، ދޯނީގެ އާއިލާ އުޅޭ ގޭގެ ސަލާމަތީ ފިޔަވަޅުތައްވަނީ ވަރުގަދަ ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް