ads
ރިސޯޓަކަށް ފަތުރުވެރިން އަރާ މަންޒަރު
ބޯޑަރު ހުޅުވާލި ފަހުން 26،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 26،000 ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން 26،000 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވެދިޔަ 24 ގަނޑިއިރު އެކަނިވެސް 609 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ބޯޑަރު ބަންދުކުރުމަށް ފަހު ޖުލައި މަހު، އަލުން ބޯޑަރު ހުޅުވާލުމާއެކު އެމަހުގައި 1752 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ 117 ފަތުރުވެރިންގެ ރޭޓެވެ. އޮގަސްޓް މަހު އެ ރޭޓް 246 ގައި އުޅުނުއިރު ސެޕްޓެމްބަރު މަހު އެ ރޭޓް ވަނީ 318 އަރާފަ އެވެ. 

އެހެންނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ފަތުރުވެރިން އަންނަ މިންވަރު މަތިވެ އެ ރޭޓް ވަނީ މައްޗަށް ޖެހިލާފަ އެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް މުޅިި ޖުމުލަ ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.   

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާކަމަށް ދައްކަނީ ރަޝިއާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް