ads
ޕްރިޔަންކާ އަދި ނިކް--
ނިކް އާއި ޕްރިޔަންކާއަކީ ކޮވިޑުގެ ހައި ރިސްކު ދެ މީހުން
ފިރިމީހާ ނިކް ޖޯނަސް އާއި ޕްރިޔަންކާ އާ ދެމީހުންނަކީ ވެސް ކޮވިޑް-19 ގެ ހައި ރިސްކް ދެމީހުން ކަމަށާއި އެހެންކަމުން އުޅެން ޖެހެނީ ވަރަށް ބަލައިގެން ކަމަށް މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޮޕްރާ ބުނެފި އެވެ.

ޕްރިޔަންކާ ބުނީ ނިކް އަކީ ޑައިބެޓީސް އެކެއްގެ ޕޭޝެންޓެއް ކަމަށާއި އަދި ޕްރިޔަންކާ އަކީ ނޭވާ ހިއްލުން ހުންނަ މީހެއް ކަމަށެވެ. 

އެ ދެކަމަކީވެސް ކޮވިޑް-19 ގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ކަމަކަށް ވުމުން އުޅެން ޖެހެނީ ވަރަށް ބަލައިގެން ކަމަށް އޭނަ ބުންޏެވެ.

ޕްރިޔަންކާ ވަނީ އޭނަ މިހާރު ޝޫޓް ކުރަމުންދާ ބިރުވެރި ފިލްމް "އެވިލް އައި" ގެ ތްރިލާ ޕްރޮމޯޓް ކުރަން ފަށާފަ އެވެ. 

ޕްރިޔަންކާ ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހު އަނެއްކާވެސް މަސައްކަތަށް ނިކުމެވުމުން ވަރަށް އުފާވާ ކަމަށާއި އެހެން ނަމަވެސް މަސައްކަތުގެ މާހައުލުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. 

ޕްރިޔަންކާ ބުނީ ކޮވިޑްގެ ތެރެއިން އަލުން މަސައްކަތް ފެށިފައިވާއިރު އެންމެ ހިތްހަމަޖެހޭ ކަމަކީ ޓްރެޕިކްގައި ނުޖެހި ދާން ބޭނުންވާ ތަނަކަށް އަވަހަށް ދެވޭތީ ކަމަށެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް