ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ--
ނުވަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ނުވަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓުން އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 07:45 އިން 11:45 އަށް ށ. އަތޮޅާއި އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މެޓުން ބުނީ އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވައި ގަދަވެ ކަނޑުތައް ވެސް ގަދަ ވާނެ ކަމަށެވެ.

އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މެޓުން ބުނެފައި ވަނީ ރާއްޖޭގެ މޫސުން ގޯސްވެފައި ވަނީ މި ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް