ads
އެކްސިޑެންޓް ހިނގި ސަރަހައްދު--
އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ އައިސީޔޫގައި
ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ބުނީ އެ އަންހެން މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން ދަނީ އޮކްސިޖަން ގުޅައިގެން ކަމަށެވެ. 

އާޓިފިޝަލް ބީޗް ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހި އެކްސިޑެންޓްވީ އިއްޔެ އިރުއޮއްސި 06:00 ޖަހާކަށް ހާއިރެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވި އެވެ. ނަމަވެސް އޭގެ ތެރެއިން ހާލު ސީރިއަސްވީ ސައިކަލު ފަހަތުގައި އިން އަންހެން މީހާ އެވެ. 

ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓްވި ދެ އުޅަނދު ވެސް ދުއްވާފައި ވަނީ އެ ކެޓަގަރީގެ ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް