ads
އޮޅުވެލި ބީސް އެންޑް ސްޕާ
ސަން ސިޔާމުގެ އޮޅުވެލި ރިސޯޓް ތިންލައްކައަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާކޮށްފި
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ހިލާފަށް އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުން މަސައްކަތްތަކެއް ކޮށްފައިވާތީ 313,250 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ހިލާފަށް އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުން މަސައްކަތްތަކެއް ކޮށްފައިވާތީ 313,250 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

ކ. އަތޮޅުގައި ހިންގާ އޮޅުވެލި ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ރިސޯޓްސް އިން ހިންގާ ރިސޯޓެކެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮޅުވެލި ރިސޯޓުން އެރަށުގެ ބައެއް މަސައްކަތްތައް ކޮށްފައިވަނީ އީޕީއޭ އިން ފާސްކޮށްފައިވާ އީއައިއޭ އާއި، ޓޫރިޒަމް މިނިސްޓްރީން ހުއްދަދީފައިވާ ކޮންސެޕްޓާ ހިލާފަށް ކަމަށެވެ.

އޮޅުވެލި ރިސޯޓްގެ ފަޅުން ބައެއް ހިއްކާ އިތުރު މޫދު ކޮޓަރިތަކެއް ހެދިއިރު ހަދާފައިވަނީ އީއައިއޭ ރިޕޯޓްގައި ބުނާ ބައެއް ކަންކަމާ ހިލާފަށެވެ. އީޕީއޭ އިން ހުއްދަދޭ އީއައިއޭ ރިޕޯޓަށް ބަދަލު ގެންނަނަމަ އީޕީއޭ އަށް އެކަން އަންގާ ހުއްދަ ހޯދަން ގާނޫނާއި ގަވައިދުގައި ލާޒިމްކުރެ އެވެ.

އީޕީއޭ އިން ބުނީ އޮޅުވެލި ރިސޯޓް ތިންލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުންނެވެ.

ޖޫރިމަނާ ފައިސާ ދައްކަން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް