ads
ސިނަމާލެ ބްރިޖު -- ފޮޓޯ: ސީއެންއެމް
ވައިގަދަވުމުގެ ސަބަބުން ބްރިޖުގައި ހުރި ޓްރެފިކް ލައިޓެއް ވެއްޓިއްޖެ
ރޭ އައި ބާރު ކޮޅިގަނޑެއްގައި ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓެއް ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ ރޭ އައި ކޮޅިގަނޑެއްގައި ޓްރެފިކް ލައިޓް ވެއްޓިފައި ވާއިރު، މަރާމާރު ކުރުމުގެ މަސައްކަތް މިހާރު ހައުސިން މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. 

ވައިގަދަވުމުގެ ސަބަބުން ވެއްޓިފައި ވަނީ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުގައި ހުރި ޓްރެފިކް ލައިޓެކެވެ. މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ވައިގަދަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކުރެ އެވެ.

އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭ އިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. 

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މި ދުވަސްވަރު މޫސުން ގޯސްވެފައި ވަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކަމަށް މެޓުން މައުލޫމާތު ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް