ads
ކުރިން ބޭއްވި ފެއާއެއްގައި ރާއްޖޭގެ ސްޓޭންޑް-- ފޮޓޯ: އެމްއެމްޕީއާރްސީ
އިޓަލީ ފަތުރުވެރިން އިތުރު ކުރުމަށް ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްގައި ބަައިވެރިވެއްޖެ
އިޓަލީގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް" ފެއާގައި ބައިވެރިވެއްޖެ އެވެ.

ބޯޑަރު ހުޅުވުމަށް ފަހު އެމްއެމްޕީއާރްސީން ބައިވެރިވި ފުރަތަމަ ފެއާގައި ވަނީ ރާއްޖެ ތަމްސީލް ކުރުމަށް 32 އަކަފޫޓުގެ ބޮޑު ސްޓޭންޑެއް ބަހައްޓާފަ އެވެ.

އޮކްޓޯބަރު 14 އިން 16 އަށް ކުރިއަށް ދާ ފެއާގައި އެމްއެމްޕީއާރްސީގެ އިތުރުން ސަން ސިޔާމް އަދި ވޮޖޭޖަސް މޯލްޑިވްސް ގެ ފަރާތުން ބައިވެރިވެ އެވެ.

މި ފެއާގައި ބައިވެރިވުމުގެ މަގްސަދަކީ އިޓަލީގެ ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށް، އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިޓަލީންނެވެ. އެގޮތުން 52،848 އިޓަލީ ފަތުރުވެރިން އައި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް