ads
ގެސްޓްހައުސްއެއް--
625 އެނދާއެކު ގެސްޓުހައުސް ވިޔަފާރި އަލުން ފަށައިފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ބަންދު ކުރި ގެސްޓުހައުސްތައް މިއަދު އަލުން ހުޅުވައިފި އެވެ.

ގެސްޓުހައުސްތައް ހުޅުވުން ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މި ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކ. މާފުއްޓަށް ވަޑައިގެން، ތައްޔާރީތައް ބައްލަވާލައްވާފަ އެވެ.

ޖުމްލަ 625 އެނދާއެކު ގެސްޓުހައުސް ވިޔަފާރި އަލުން ފެށިއިރު، ގެސްޓުހައުސް ހުޅުވުމުގެ ހުއްދަ ދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވަކި މިންގަނޑަކަށް ފެތޭ ރަށްރަށާއި ގެސްޓުހައުސް ތަކަށެވެ.

އެގޮތުން ގެސްޓުހައިސް ހިންގާ ރަށްރަށުގައި އައިސޮލޭޝަން ފެސިލިޓީ އާއި ޓްރާންސްޕޯޓް ފެސިލިޓީ ހުންނަން ޖެހެ އެވެ. އަދި އެ ރަށްރަށުގެ މީހުން މާސްކު އެޅުން މަޖުބޫރެވެ.

މިހާތަނަށް ނުވަ ރަށަކުން 16 ގެސްޓުހައުސް ހުޅުވަން ހުއްދަ ދީފައި ވާއިރު، އިތުރު ރަށްރަށަށް ހުއްދަ ދިނުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ގެސްޓުހައުސް ހުޅުވަން ހުއްދަ ދިން ރަށްތައް

  • ވ. ތިނަދޫ
  • ކ. މާފުށި
  • އއ، މަތިވެރި
  • ކ. ހުރާގެ
  • ވ. ފުލިދޫ
  • ނ. ފޮއްދޫ
  • ތ. ގާދިއްފުށި
  • ހދ. ހަނިމާދޫ
  • ށ. ނަރުދޫ

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައިސް އެންމެ ބޮޑަށް އަސަރެއް ކުރީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެހެންކަމުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. 

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިހާތަނަށް އައިސްފައި ވަނީ 22،000 ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 100،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް