ads
އއ. ތޮއްޑޫ ދަނޑުވެރިކަން ކުރާ ސަރަހައްދުގެ ފޮޓޯއެއް-- ފޮޓޯ: ޝަރުވާން
ދަނޑުވެރި ބިންތަކުގެ ކުލި ތިން އަހަރަށް މައާފުކޮށްފި
ކުރިއަށް އޮތް ތިން އަހަރު ދަނޑުވެރިކަމުގެ ބިންތަކުން އެއްވެސް ކުއްޔެއް ނުނަގަން ސަރުކާރުން ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވީ މިއަދު ފާހަގަކުރާ ގައުމީ ދަނޑުވެރިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ދަނޑުވެރިކަމަށް ފަހި މާހައުލެއް ގާއިމް ކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނަންގަވާނެ ކަމަށް އެމަނިކުފާނު މިއަދު ދެއްވި ހިތާބުގައި ވިދާޅުވި އެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15 ވަނަ ދުވަހަކީ ގައުމީ ދަނޑުވެރިކަމުގެ ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަގީންކަން" މިއެވެ. މި ދުވަހާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން ދަނީ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން ދަނޑުވެރިކަމުގެ މައުލޫމާތު ދިނުމުގެ އޮންލައިން ޕްރޮގްރާމެއް ވަނީ ހިންގާފަ އެވެ. އަދި ދަނޑުވެރިކަމާ ގުޅުން ހުރި ކުއިޒެއް އާއްމުންނަށް ބައިވެރިވެވޭ ގޮތަށް މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި ދަނީ ހިންގަމުންނެވެ.

އޭގެ އިތުރުން ހއ. މޮޅަދޫ، ވަށަފަރު އަދި އުލިގަމުގައި ގަސް ބެހުމުގެ ހާއްސަ ޕްރޮގްރާމަކާއި ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި 100 ރުކުގެ ދަނޑެއް އެޅުމަށް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް