ads
ޝާހު މާހިރު--
ޝާހުގެ ސަސްޕެންޝަން އުވާލައިފި
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން މާލިއްޔަތު ގަވާއިދާ ހިލާފުވި މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ރައީސް އޮފީހުން ޝާހުއަށް ވަޒީފާއަށް ނިކުންނަން ސިޓީއަކުން އަންގާފައި މިވަނީ ވެންޓިލޭޓަރު ގަންނަން ކުންފުނިތަކާއި ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނުފޫޒުބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި އެކޮމިޓީގެ މެމްބަރު ޝާހު މާހިރުގެ މައްޗަށް ދަައުވާނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ނިންމާފައިވަނިކޮށެވެ. 

ޝާހުގެ މައްސަލަ ތަހުގީގުކުރީ ވެންޓިލޭޓަރު ގެނައުމުގައި ދިވެހި ދެ ކުންފުނިކަމަށްވާ މެޑްޓެކާއި ނާޑަށް ދިން މުއްދަތު އިތުރުކުރި މައްސަލައާ ގުޅިގެންނެވެ.

އިއްޔެ ޝާހުއަށް އަންގާފައި ވަނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމުމުގައި ރިއާޔަތްކޮށްފައިވާ ސަބަބުތައްކަމަށް މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުންތަކުގައިވާ ސަބަބުތަކަކީ އެހާލަތަށް އެކަށީގެންވާ ސަބަބުތަކެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށެވެ. 

އޭގެ އިތުރުން، އެއްބަސްވުންތަކުގައި ސޮއިކުރިއިރު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިނުވި ނަމަވެސް، މުއްދަތު އިތުރުކުރުމަށް ނިންމިއިރު ދިވެހިރާއްޖޭގެ ބޯޑަރުވަނީ ބަންދުކޮށްފައިކަމާއި، ހެލްތު މިނިސްޓްރީން އެ ދުވަސްވަރު ކުރިއަށް ގެންދިޔަ ވަރަށް ގިނަ ޕްރޮކިއުމެންޓްތަކާ ގުޅިގެން މުއްދަތު އިތުރުކޮށްދީފައިވާކަން ތަހުގީގަށް ފާހަގަވާ ކަމަށެވެ. 

އެހެންކަމުން، އޭސީސީން ފޮނުވި ލިޔުމުގައި ވަނީ ޝާހުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ކަނޑައަޅާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންނާއި އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް