ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ދިނުން ހުއްޓާލައިފި
ބޭރު ފައިސާ ގެނެވިއްކުމުގެ ވިޔަފާރިކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން ހުއްޓާލާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ އާބާދީ އާ އަޅާ ބަލާއިރު، ގިނަ އަދަދެއްގެ ވިޔަފާރި ތަކަކަށް ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ވަނީ ދޫކޮށްފައި ކަމަށެވެ.

އެހެންކަމުން ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މިއަދުން ފެށިގެން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބުނެ އެވެ. 

ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮންނަ ފަރާތްތަކުގެ ލިސްޓް އެ އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ. 

އޭގެ އިތުރުން އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީއިން ދަނީ މަނީ ޗޭންޖަރުންނާ ގުޅޭ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް