ads
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން--
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ އިތުރު ތިން މީހަކު ޕޮޒިޓިވްވެއްޖެ
ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރަމުންދާ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެރަނަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވެފައި ވަނީ ތިން މީހެއް ކަމަށެވެ. 

އެކަމަކު ކުޅުދުއްފުށީގައި ހިންގަމުން އަންނަ ކޭއޯގައި ރިޕޯޓްކުރާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހުންނަކީ ޕޮލިސް ސްޓޭޝަނުގެ ކޭޓަރިންގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކާނިވަލް ކޮމްޕެނީގެ ދެ މީހެކެވެ. 

މީގެ ކުރިން ވެސް ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސަައްކަތްކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެ، އޭނާއާ ކޮންޓެކްޓްވި ނުވަ މީހަކު ޕޮޒިޓިވްވެފަ އެވެ. 

އެންމެ ފުރަތަމަ ޕޮޒިޓިވްވި ފުލުސް މީހާ ވަނީ އެ ސަރަހައްދުގެ އެކި ސްޓޭޝަންތަކަށް މަސައްކަތަށް ގޮސްފައި ކަމުން، އެކި ރަށްރަށުން އޭނާއާ ދިމާވި މީހުން ޕޮޒިޓިވްވެފައިވާއިރު ރެންޑަމް ސާމްޕަލްތަކެއް ވެސް ނެގުން އެރަށްރަށުގައި ކުރިއަށް ގެންދިޔަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް