ads
ޕީޖީ ހުސައިން ޝަމީމް--
ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ މައުލޫމާތު ހާމަކުރެވުނީ އޮޅިގެން: ޝަމީމް
ލައިވްކުރި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ރޭޕްގެ ޝިކާރައަކަށްވި ކުއްޖެއްގެ މައުލޫމާތު ހާމަކުރެވުނީ އެއީ ލައިވްކޮށް ކުރިއަށް ގެންދިޔަ ކޮމިޓީއެއްކަން ނޭނގޭތީ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ރޭޕްގެ މައްސަލައެއް ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުގެ ސާމްޕަލް ނެގުމަށާއި ޕްރޮންސިކް ތަހުލީލުކުރުން ލާޒިކުރުމަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާ ކުރުމަށް އިއްޔެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ބައްދަލުވުގައި ޕީޖީ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅާ ވަނީ މިސާލެއްގެ ގޮތުގައި އެ އޮފީހާއި ތަހުގީގީ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޭސްއެއްގެ މައުލޫމާތު ހާމަކުރައްވާފަ އެވެ. އެގޮތުން ކުށުގެ ޝިކާރައަކަށްވީ ކުއްޖާގެ ނަމާއެކު އެ މައުލޫމާތު ހިއްސާކުރެއްވިއިރު އެކުއްޖާގެ ހާލަތު ވެސް ހާމަކުރެއްވި އެވެ.  

އެކަމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުގައި އިއްޔެ ޕީޖީގެ އޮފީހުގެ މުވައްޒަފަށް ހާމަކުރެވުނު މައުލޫމާތުތަކާއެކު މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ޕީޖީގެ މުވައްޒަފުންނަށް އެއީ ލައިވްކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްކަން ނޭނގޭ ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ. 

އެ މައުލޫމާތުތައް ޕީޖީ އޮފީހުން ހާމަކުރަމުންދިޔައިރު ވެސް ކޮމިޓީގެ މުގައްރަރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވެސް ހުއްޓުވާފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް