ads
ކިރްގިޒްތާންގެ ވެރިރަށް ބިޝެކްގައި މުޒާހަރާ ކުރިއަށް ދަނީ. ރައީސް ވަނީ މިޔަދު އިސްތިއުފާ ދެއްވާފައި. ފޮޓޯ: ސީއެންއެން
ކިރްގިޒްތާންގެ ރައީސް އިސްތިއުފާ ދެއްވައިފި
ކިރްގިޒްތާންގެ ރައީސް ސޫރޮންބޭ ޖީންބެކޮވް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖީންބެކޮވް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު އޭނާގެ އިސްތިއުފާއަށް ގޮވާލައި ކިރްގިޒްތާންގެ ވެރިރަށް ބިޝެކްގައި މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިސްތިއުފާ ދެއްވަމުން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ޖީންބެކޮވް ވިދާޅުވީ ގައުމުގެ އަމާންކަން ރައްކާތެރިކުރުމާއި، ރައްޔިތުން އެއްބައިވަންތަ ކުރުވުމަށްވުރެ އޭނާއަށް އެހެނިހެން ކަންތައްތައް މުހިއްމު ނޫން ކަމަށެވެ.

އަދި ބާރުގެ ބޭނުންކޮށްގެން ރައްޔިތުންގެ ގައިން ލޭ އޮހޮރުވަން ބޭނުން ނުވާ ކަމަށާއި، އެހެންކަމުން މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ޖީންބެކޮވް ވިދާޅުވިއެވެ.

ކިރްގިޒްތާންގެ ހާލަތު ގޯސްވެފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބު ސަރުކާރުން ކާމިޔާބުކުރުމާއި ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުންވަނީ ސަރުކާރުން އިންތިހާބުގައި ވޯޓު އޮޅުވާލައި ވޯޓު ވިއްކުމުގެ ތުހުމަތުކޮށްފަ އެވެ. އެކަމުގެ ސަބަބުން ކުރި މުޒާހަރާގެ ނަތީޖާގެ ގޮތުން އިލެކްޓޯރަލް އޮފިޝަލުންނަށް ވަނީ އިންތިހާބު އަނބުރާ ގެންދިއުމަށް މަޖުބޫރުވެފައެވެ. އަދި ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިއީ ފާއިތުވި ފަނަރަ އަހަރުގެ މުއްދަތުގައި ކިރްގިޒްތާންގައި ވެއްޓުނު ތިންވަނަ ވެރިކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް