ads
ރޭޕް އަދި ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
މިދިޔަ މަހު ޖެންޑާއަށް 238 މައްސަލައެއް، ގިނައީ ޖިންސީ ގޯނާގެ މައްސަލަ
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް 238 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިރޭ އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކުރި އެވެ. އަދި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 44 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ބުނެ އެވެ.

އޭގެ އިތުރުން އިހުމާލުވުމުގެ 29 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައެއްގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ ފަސް މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ދެ މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލައާއި ނަހަމަގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނޭ ކަމަށް ބުނެ އެވެ. 

މިނިސްޓްރީއަށް ހުށަހަޅާފައިވާ އިތުރު މައްސަލަތަކަށް ބަލާއިރު ކުޑަކުދިންގެ އަހުލާގާ ގުޅޭ ދިހަ މައްސަލައަކާއި ހައްގުތަކުން ކުޑަކުދިން މަހްރޫމްކުރުމުގެ ދިހަ މައްސަލައެއް އަދި އެކި ބާވަތުގެ ކުށްކުރާ ދެ ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވެ އެވެ. 

މިދިޔަ މަހުގެ ތެރޭގައި އާއިލީ 24 މައްސަލައަކާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 46 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 32 މައްސަލައެއް ރިޕޯޓްކުރިއިރު އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 8 މައްސަލައެއް ވެސް މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. 

ޖެންޑާ މިނިސްޓްރީން ބުނާ ގޮތުގައި އެ ހުރިހާ މައްސަލަތަކަކަށް ވެސް މިނިސްޓްރީން ވަނީ އެޓެންޑްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް