ads
ޔުނައިޓެޑްގެ ޕޮގްބާ
ބާސެލޯނާގެ ލޯ ޕޮގްބާއަށް
މެންޗެސްޓަރ ޔުނައިޓޭޑްގެ ޕައުލް ޕޮގްބާ ހޯދަން ބާސެލޯނާއިން ޝައުގުވެރިވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑާ އެކު ޕޮގްބާއިން ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ނިމޭނެއެވެ.

ޔުނައިޓެޑަށް ކުޅޭ، ފްރާންސްގެ ތަރި ޕޮގްބާ ހޯދަން ބާސެލޯނާއިން ޝައުގުވެރިވާކަން ސްޕެއިންގެ މީޑިއާ ރިޕޯޓްތަކާ ހަވާލާދީ ބީބީސީން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާގެ ޝައުގުވެރިކަން ހުރީ، ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ފްރީ ޓްރާންސްފައެއްގައި ބާސެލޯނާއަށް ޕޮގްބާ ގެންދާށެވެ.

ޔުނައިޓެޑާ ޕޮގްބާއާ ދެމެދު ހެދިފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާން އޮތްނަމަވެސް، ޔުނައިޓެޑުން ބޭނުން ނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އިތުރު ކުރެވޭނެ މާއްދާއެއް އޮވެއެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ސީޒަން ތެރޭގައި އެ މާއްދާގައިވާ ގޮތަށް ޔުނައިޓެޑުން ޕޮގްބާގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރާނެއެވެ.

ބާސެލޯނާއިން ޕޮގްބާއަށް ޝައުގުވެރިކަން ފާޅުކުރި އިރު، މި ސީޒަންގެ ނިޔަލަށް ބާސެލޯނާއާ މެސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، މެސީ ބާސެލޯނާ ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. މި ސީޒަން ފެށުމުގެ ކުރިންވެސް ބާސާއާ މެސީއާ ދެމެދު އުފެދުނު ނުތަނަވަސްކަމުގައި އެއްބަސްވުން ނިންމާލުމާއި ދާދި ގާތަށް ކަންކަން ދިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް