ads
ރާއްޖޭގައި ހެދި ފުރަތަމަ ލެޕަރޮސްކޮޕިކް ބަރިއަޓްރިކް ސާޖަރީ އޭޑީކޭގައި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޕަރޮސްކޮޕިކް ބަރިއަޓްރިކް ސާޖަރީއެއް އޭޑީކޭގައި ހަދައިފި އެވެ.

އޭޑީކޭ އިން ކުރި ޓްވީޓެއްގައި ބުނީ އެ ސާޖަރީ ހަދާފައި ވަނީ އުމުރުން 43 އަހަރުގެ އަންހެނެއްގެ ކަމަށެވެ. 

ލެޕަރޮސްކޮޕިކް ބަރިއަޓްރިކް ސާޖަރީއަކީ ބަރުދަން ލުއިކުރުމަށް ހާއްސަ އޮޕަރޭޝަނެކެވެ. އެގޮތުން ބަނޑު ކަފައިގެން އޮޕަރޭޝަން ކުރުމުގެ ބަދަލުގައި މިސާޖަރީ ހަދަނީ ބަނޑު ތޮރުފައިގެން ކެމެރާ ބޭނުންކޮށްގެންނެވެ. 

އެ ސާޖަރީގެ ތެރެއިން ބަނޑުގެ ބައެއް ބުރިކުރުމަށް ފަހު، ކެޕޭސިޓީ ކުޑަކުރަނީ މީހާގެ ބަރުދަން އިތުރުވުން ލިމިޓްކުރުމުގެ ގޮތުންނެވެ. 

އޭޑީކޭ އިން މައުލޫމާތުދޭ ގޮތުގައި އެ ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ޑރ. ނިޝާން އެވެ. އޭގެ އިތުރުން ޑރ. މޫމިން އާއި ޑރ. ދަމޯދަރުގެ އިތުރުން ޑރ. މައުރޫފް ވެސް ސާޖަނުންގެ ގޮތުގައި ބައިވެރިވެފަ އެވެ. 

އޭޑީކޭ އިން ބުނީ ޕޭޝަންޓުގެ ހާލު ރަނގަޅުކަމަށާއި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެމީހާގެ ހާލު ރަނގަޅުވާނެ ކަމަށެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް