ads
ކްރިސް ގޭލް
އައިޕީއެލް: ކްރިސް ގޭލްގެ އެނބުރި އައުން މޮޅަކުން
އަނިޔާގެ ސަބަބުން އަދި މިހާތަނަށް މި އަހަރުގެ އައިޕީއެލްގައި ނުކުޅެ ހުރި، ކިންގްސް އިލެވަން ޕަންޖާބުގެ ވެސްޓް އިންޑީޒްގެ ބެޓްސްމަން ކްރިސް ގޭލް، އޭނާގެ އެނބުރި އައިސް މޮޅަކުން ފަށައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގައި ކްރިސް ގޭލްގެ ޕަންޖާބު މޮޅުވީ ރޯޔަލް ޗެލެންޖާސް ބެންގަލޯ އަތުންނެވެ.

ޕަންޖާބާ ބެންގަލޫރުގެ މެޗު ޕަންޖާބުން ކާމިޔާބު ކުރީ އަށް ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވެގެން ބެންގަލޫރުން ގަސްދުކުރީ ކުޅެން އަރާށެވެ. ބެންގަލޫރުން ކުޅެން އަރައި ވިހި އޯވަރު ހަމަ ކުރީ ހަ ވިކެޓަށް 171 ލަނޑުންނެވެ. ބެންގަލޫރުން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި އެންމެ ފަހު މެޗެކޭ އެއް ގޮތަށް ކެޕްޓަން ވިރާތް ކޯލީ ހިމެނެ އެވެ.

ބެންގަލޫރުން 171 ލަނޑު ހެދުމުން، ޖަވާބުގައި ކުޅެން ނުކުތް ޕަންޖާބުން ދެ ވިކެޓަށް 177 ލަނޑު ހެދިއެވެ. މި މުބާރާތުގައި މި އަހަރު މުޅިން އަލަށް ކުޅުނު ކްރިސް ގޭލްވަނީ 53 ލަނޑު ހަދައި، މުބާރާތުގެ ތާރީހުގައި އޭނާގެ ޖުމްލަ ލަނޑުގެ އަދަދު ހަތަރު ހާސް ފަސް ސަތޭކައަށްވުރެ އިތުރުކޮށްފައެވެ.

މެޗުގެ އެންމެ ފޯރި ގަދަވީ ޕަންޖާބުން ކުޅެން ނުކުމެ އެންމެ ފަހު އޯވަރުގައެވެ. މެޗުން މޮޅުވާން އެންމެ ދެ ލަނޑު ބޭނުންވި އިރު ފަހު އޯވަރުގައި ތިން ބޯޅަ އޮތެވެ. އަދި ފަހު ދެވަނަ ބޯޅައިން ކްރިސް ގޭލް ރަން އައުޓްވެ، ފަހު ބޯޅައިން އެއް ލަނޑު ހަދަން ޖެހުނު ހިސާބުން މެޗު އެއްވަރުވެ ސުޕަ އޯވަރެއް ކުޅެން ޖެހިދާނެ ކަމަށްވެސް ބެލެވުނެވެ. އެހެންނަމަވެސް ގޭލް ނުބައިވުމުން ކުޅެން ނުކުތް، ނިކޮލަސް ޕޫރާންވަނީ ފަހު ބޯޅަ ހަޔަކަށް ޖަހައި މެޗުން ޕަންޖާބު މޮޅުކޮށްދީފައެވެ.

ކްރިސް ގޭލް އެނބުރި އައިސް ޕަންޖާބު މޮޅު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރިއިރު، މުބާރާތުގައި މިހާތަނަށް ޕަންޖާބަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. އަށް ޓީމު ކުޅޭ މި މުބާރާތުގެ ޕޮއިންޓް ޓޭބަލްގެ އެންމެ ފުލުގައި އޮތް ޕަންޖާބަށް މިރޭގެ މެޗުގެ ކުރިން މޮޅުވެވިފައިވަނީވެސް އެންމެ މެޗަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް