ads
ސިމްބޮލިކް ރިކޯޑްސް
ސިމްބޮލިކްގެ ދިފާއުގައި "ރަތާ ކަޅުގެ ލަޝްކަރު"
ރާއްޖޭގެ މަޝްހޫރު ހިޕްހޮޕް ލޭބަލް، ސިމްބޮލިކް ރިކޯޑްސް އަށް ފާޑުކިޔާ ރާއްޖޭގެ ނޫހެއްގައި ލިޔުނު ހަބަރަކާއެކު "ރަތާ ކަޅުގެ ލަޝްކަރު" ކެކިއަރައިފި އެވެ.

އިއްޔެ އެ ހަބަރު ޖެހުމާއެކު ސޯޝަލް މީޑިއާގައި ސިމްބޮލިކްގެ ފޭނުން ވަނީ ދިފާއުގައި ތެދުވެފަ އެވެ. އަދި އާޓިސްޓުންނާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަށް ވެސް ދިޔައީ ރައްދު ދެމުންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އޮރިޖިނަލް ލަވަތަކަށް ހާއްސަ އިސްކަމެއްދީ އޮރިޖިނަލް ލަވަތައް ކުރިއަރުވަން ސިމްބޮލިކުން ކުރި މަސައްކަތަކީ ހަނދާނުން ފިލާވަރުގެ ކަމެއް ނޫނެވެ. އަދި އެއީ ރާއްޖޭގެ މިއުޒިކަށް އިންގިލާބީ ބަދަލެއް ގެނުވި ކަމެއްކަމަށް ގިނަ ބަޔަކުދެކެ އެވެ.

ސިމްބޮލިކަށް އަމާޒުވާ ގޮތަށް ބޮޑެތި ތުހުމަތުތަކަކާއެކު ނޫހެއްގައި ލިޔުމުން، އެކަމަށް ބާރުދޭ ގޮތަށް ލަވަފޮށިން ވާހަކަ ދެއްކި މައްސަލަ ވެސް އިއްޔެ ވަރަށް ހޫނުވި އެވެ. ރޭ ދަންވަރު 12 ގެ ކުރިން މައާފަށް އެދުމަށާއި ނޫންނަމަ ސިމްބޮލިކްގެ ލަވަތައް ލަވަފޮށިން ނަގައިދޭން އެދިފައިވަނިކޮށް ލަވަފޮށިން ވަނީ ބަޔާނެއް ނެރެފަ އެވެ. 

އޭގައި ވަނީ ސިމްބޮލިކްގެ އަގުވައްޓާލުމަށް ދޮގު ވާހަކަތަކެއް ލިޔެފައިވާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެގޮތުން އެ ލޭބަލްގެ ބުރަ މަސައްކަތުން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް ލަވަފޮށިން ވަނީ އެފަދަ ކާމިޔާބު އާޓިސްޓުންތަކަކާއެކު މަސަައްކަތްކުރުމަކީ ލަވަފޮއްޓަށް ލިބޭ ޝަރަފެއް ކަމަށް ވެސް ބުނެފަ އެވެ. 

ނޫހުގައި ޝާއިއުކުރި ހަބަރުގައި ވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް ލަވަފޮށިން ވައްޓާލާއި، އެންމެ ގިނަ ބަޔަކު އަޑު އެހި ލަވަތަކަށް ސިމްބޮލިކްގެ ލަވަތައް ވުމާއެކު އެކަމާމެދު ސުވާލު އުފައްދާފަ އެވެ. 

ސިމްބޮލިކަކީ ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ލޭބަލް އެކެވެ. އެމީހުންގެ ރަތާ ކަޅާއި ހުއްޓާ ފަދަ ލަވަތަކަކީ އާންމުންގެ މެދުގައި ހިޓްވި ލަވަތަކެކެވެ. 

67%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް