ads
ޑރ. ބިލާލް ފިލިޕްސް--
ޑރ. ބިލާލް ފިލިޕްސްގެ ހާލުކޮޅު ދެރަވެ، އެޑްމިޓްކޮށް ފަރުވާދެނީ
ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

އިސްލާމްދީނަށް ގޮވާލެއްވުމުގައި ބުރަ މަސައްކަތެއްކުރައްވަމުން ގެންދަވާ ބިލާލަށް އިއްޔެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާކަން ޓްވީޓާ މެދުވެރިކޮށް ވަނީ ހިއްސާކުރައްވާފަ އެވެ. 

އެގޮތުން އޮކްސިޖަންގެ އެހީގައި ފަރުވާދެމުން އަންނައިރު ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން އެ ޕޯސްޓްގައިވާ ގޮތުން އުމުރުފުޅުން 74 އަހަރުގެ ޑރ. ބިލާލް އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ވަނީ ދުވަސްތަކެއްވެފަ އެވެ. 

އަދި ހުރިހާ އެންމެންގެ ދުއާގައި ވެސް ޑރ. ބިލާލް ބައިވެރިކުރުމަށް އެދިފައިވެ އެވެ. 

ޑރ. ބިލާލް ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެން ދަރުސް ދެއްވާފަ އެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު ދަރުހެއް ދިނުމަށް ރާއްޖެއަށް ޑރ. ބިލާލު ގެނައުމަށް ހަމަޖެއްސި ނަމަވެސް ފަހުން ވަނީ އެ ހަރަކާތް މަޑުޖައްސާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް