ads
ފޮޓޯ: ފުލުހުން
ގާފަރު ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ކ. ގާފަރު ގެއަކުން 12،900 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހަައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވަގަށް ނެގި ފައިސާ ހޯދައި، އެކަމުގެ ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. 

އެމީހާ ހައްޔަރުކޮށްފައިވަނީ ގާފަރު ގެއަކުން 12،995 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ. 

ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިން ކަމަށް ފުލުހުން ބުނެ އެވެ. 

އަދި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދަނީ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް