ads
ސައިކަލްތަކަށް ހާއްސަކޮށްގެން ހީނާމާގޭގައި ކުރީ ސަރުކާރުން ގާއިމުކޮށްފައިވާ ސިސްޓަމް--ފޮޓޯ:އެޑިޝަން
މާލޭގައި ޕާކިންއަށް ހަތް އިމާރާތް އަޅަނީ
މާލޭގައި ދިމާވާ ޕާކިންގެ މައްސަލަތަަކަށް ހައްލު ހޯދައިދިނުމަށްޓަކައި ފަސޭހައިން ޕާކު ކުރެވޭނެ "މަލްޓި ސްޓޯރީ ޕާކިން" ހަތް އިމާރާތް އެޅުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރަންސް ކުރަން ނުޖެހޭ ގޮތަށް ހެދުމަށާއި އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ދިރާސާ ކުރަމުންދާ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވާފައިވާއިރު އެ ކޮމެޓީއަށް ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ވަނީ އިއްޔެ ހާޒިރު ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލުމުން މާލޭގައި ޕާކިން ބިލްޑިންއެއް ހަދަން ވިސްނަވަންތޯ ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ނަސީރް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެކޮނޮމިކް މިނިސްޓްރީއާއި މަޝްވަރާކުރެވިގެން މާލޭގެ ދެ ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އެގޮތުން އެފަދަ ފުރަތަމަ ތަނެއްގެ ގޮތުން ހީނާމާގޭގައި ހަތަރު ބުރީގެ ޕާކިން ބިލްޑިން އެއް މިއަހަރު ތެރޭގައި އެޅީގެންދާނެކަމަށް ޝިމާޒް ވިދާޅުވިއެވެ. އޭގެ އިތުރުން މާލޭގެ ހަަތް ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން އިމާރާތަތަކެއް އެޅިގެންދާނެކަމަށް ޝިމާޒް ވިދާޅުވިއެވެ.

މާލޭގައި ހިލޭ ޕާކު ކުރެވޭ ގޮތްްހަދައިދިނުމުގެ ގޮތުން ކުރީގެ ސަރުކާރުން ވެސް ވަނީ 2016 ވަނަ އަހަރު "ސްމާޓް ޕާކިން ސިސްޓަމް"ގެ ނަމުގައި ސިސްޓަމްތަކެއް ގާއިމްކުރުމަށް އެސްޓީއޯއާއިއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު ވެލާނާގޭ ސަރަހައްދުގައި ކާރުތަަކަށް ހާއްސަ ކުރެވިގެން "ސްމާޓް ޕާކިން ސިސްޓަމް"ގެ ފުރަތަމަ ސިސްޓަމް ގާއިމްކޮށްފައިވާއިރު ދެވަނަ ސިސްޓަމެއް ސައިކަލްތަކަށް ހާއްސަކޮށްގެން ހީނާމާގޭގައި ވެސް ގާއިމުކުރެވިފައިވީނަަމަވެސް އެއިން އެއްވެސް ތަނެއް ބޭޭނުންކޮށްފައެއް ނުވެއެވެ. 

އެ ބައްދަލުވުމުގައި ބައިވެރިން  ވަނީ ގަރާޖްގެ މައްސަލަތާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އެގޮތުން އެއް ގަރާޖަކަށް 1700 އެއްހާ ކާރު އަދި އެހެން ގަރާޖްތަކަށް 300 އާއި 400 އާއި ދެމެދުގެ ކާރު ރަޖިސްޓްރީ ކުރެވިފައިވާ ކަން ކޮމެޓީގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެއީ ވަރަށް ފުޅާކޮށް ހިންގާ ނުރަަނގަޅު ވިޔާފާރިއެއް ކަަމަށާއި ރައްޔިތުންނަށް ނޭގި ތިބެ ކުށަކަށް އަރައިގަތުމަށް ހިތްވަރު ލިބިގެންދާތީ އެކަން ގަވާއިދުގެ ތެރެއަށް ގެނެއުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އެ މައްސަލަތަކަށް ހައްލުހޯދުމަށްޓަކައި، ނައިބް ރައީސްއާއިއެކު ބާއްވާ ޓްރެފިކް ކޮމެޓީގެ ބައްދަލުވުންތަކުން އެއްބަސްވުމަކަށް އާދެވިފައިވާ ގޮތް ހިއްސާކުރަމުން ކޮމެޓީގައި ބައިވެރިވި ކަމާގުޅޭ އިދާރާތަކުން ވިދާޅުވީ ގެއެއްގައި އެމީހެއްގެ އަމިއްލަ ގަރާޖެއް ނެތްނަމަ މަގުމަތިން ސިޓީ ކައުންސިލުން ދައްކާ ސްލޮޓަކަށް އެމީހެއްގެ އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތް 2021 ވަަނަ އަހަރުން ފެށިގެން ހެދުމަށް ނިންމާފައިވާކަމަށެވެ. އެކަމުގެ ސަބަބުން މާލޭގެ ޕާކިން ކެޕޭސިޓީ ދެނެގަތުމަށް ފަސޭހަވެގެންދާނެކަމަށް ބައިވެރިން ފާހަގަކުރެއްވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް