ads
އަބްދުއްރަހީމް އަބްދުﷲ-
ލޯޔަލްޓީ ކާޑު ނުނަގެވުނަސް އިދިކޮޅުން މެމްބަރުން ބާކީއެއް ނުކުރާނެ
އިދިކޮޅު ކޯލިޝަނުން މިއަދު ތައާރަފުކުރި ލޯޔަލްޓީ ކާޑު ނުގަނެވުން ނަމަވެސް އިދިކޮޅުން އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލޯޔަލްޓީ ކާޑު ތައާރަފުކުރުމަށް އިދިކޮޅުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ކާޑު ނުގަނެވުން ނަމަވެސް އެއްވެސް މެމްބަރަކު ބާކީ ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެ ކާޑަކީ އެންމެންގެ ލާބައާ މަންފާއަށްޓަކައި ތައާރަފުކުރާ ކާޑެއްކަން ފާހަގަކުރައްވާ ވިދާޅުވީ ސިޔާސީ ހަރަކާތްތަކާއި ބޭނުންވާ މަންޒިލަށް ވާސިލުވުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.

އެހެންކަމުން އަބްދުއްރަހީމް ވަނީ ހުރިހާ ފަރާތްތަކުން ވެސް އެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހަދައިދިނުމަށް މަސައްކަތް ކުރުމަށް އެދިފަ އެވެ. 

އަބްދުއްރަހީމް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު އިދިކޮޅުން ސްޓިއަރިން ކޮމެޓީއެއް ރާއްޖޭގެ ހުރިހާ ރަށެއްގައި އިންތިހާބުކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން ޕްރޮގްރާމު ކާމިޔާބުވެއްޖެނަމަ ކޮމިޓީ އިންތިހާބުކުރެވި ސިޔާސީ ހަރަކާތްތައް ދަތިނުވެ ހިންގޭނެ ކަމަށެވެ. 

"މި ފައިސާގެ 25 އިންސައްތަ ހަރަދުކުރާނީ އިދާރީ ކަންކަމަށް. 50 އިންސައްތަ ހަރަދުކުރާނީ ސިޔާސީ ހަރަކާތްތަކަށް. އަނެއް 25 އިންސައްތަ ހަރަދުކުރާނީ އަތޮޅުތަކުގަ ރަށްރަށުގަ މި އުފައްދާ ސްޓިއަރިން ކޮމިޓީގެ ހަރަދުތަކަށް،"

އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އެގޮތަށް އެކަން ކުރުމުގެ ބޭނުމަކީ ރައްޔިތުންނާއެކު އޮތް ގުޅުން ކުރިއަށް ވުރެ ބަދަހިކުރުން ކަމަށެވެ. އަދި ވަރަށް ގާތް ގުޅުމެއް އުފައްދާ، ގައުމީ ނާ އަމާން މަންޒިލަކަށް ގެންދިއުން ކަމަށެވެ. އަަދި އެކަން ކުރާނީ ރައީސް ޔާމީންގެ މާލިމީކަމުގައި ކަމަށް ވިދާޅުވި އެވެ. 

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރާއްޖެއަށް އިތުރު ބައެއްގެ ބާރު ނުފޯރާ ގޮތަށް ރާއްޖެ، އަމާން މަންޒިލަކަށް ގެންދެވޭނީ ރައީސް ޔާމީނަށް ކަމަށެވެ. އަދި ރާއްޖޭގައި ހުރި ހަމައެކަނި ވަފާތެރި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް