ads
ފުވައްމުލައް--
ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ޏ. ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެމީހާ ޕޮޒިޓިވިކަން އެގިފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އިއްޔެ ނެގި ސާމްޕަތަކުން ކަމަށެވެ.

ހޮސްޕިޓަލުން ބުނީ އެ ކޮވިޑް ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަަމަށާއި މިވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ.

ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބެެއްޓުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. 

އަދި ހޯމް ކަރަންޓީންގައި ތިބި މީހުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަކީ މިފަދަ ވަގުތެއްގައި ވަރަށް މުހިއްމު ކަމެއްކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. 

ކޮވިޑް-19 އަށް ޓެސްޓް ކުރަންފެށި ފަހުން މިހާތަނަށް ފުވައްމުލައް ސިޓީގައިވަނީ 1000 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގައި ބައްޔަށް ޓެސްޓްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް