ads
އެޗްޕީއޭގެ އިޝްތިހާރުގެ ސްކްރީންޝޮޓެއް--
އެޗްޕީއޭގެ މަރިޔަބު އިޝްތިހާރު: މެސެޖު ސަޅިއެއް ނޫން!
އަތް ދޮވުމަށް މީހުން އަހުލުވެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއެ) އިން އިއްޔެ އާންމުކުރި އިޝްތިހާރަކާއެކު އާންމުންގެ ފާޑުކުޔުންތައް ކުރިމަތިވެއްޖެ އެވެ.

އަތްދޮވެފިންތޯ ސުވާލުކޮށް އެޗްޕީއޭ އިން އާންމުކުރި އެ އިޝްތިހާރުގައި މަރިޔަބުގެ ރޯލުން ދިވެހި ފިލްމީ ތަރި، އާމިނަތު ރަޝީދާ (އައިންތު) ފެނިގެންދާއިރު އިޝްތިހާރުގައި ފެނިގެންދަނީ ގޭގައި އުޅޭ މީހުން ބޭރުން އައިސް ކޮންމެ އެއްޗެއްގައި އަތްލިޔަސް، އަތުގައި ޖެހުމަށް ފަހު އަތް ދޮންނަންދާށޭ ބުނާ މަންޒަރެވެ. އަދި މަގުމަތިން މީހަކު އެހެން މީހެއްގެ ގައިގައި އަތްލާން އުޅުމާއެކު ވެސް އެމީހާގެ އަތުގައި ޖެހުމަށް ފަހު އަތްދޮންނަން ދާށޭ ބުނާ މަންޒަރެވެ. 

އެ އިޝްްތިހާރު އާންމުކޮށް އެޗްޕީއޭ އިން ވަނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި އަތްދޮވުމަކީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކޮށް "މަރިޔަބު އުޅޭހެން އުޅުމަށް" އެދިފަ އެވެ. 

އަތްދޮވުމަށް މީހުން އަހުލުވެރިކުރުމުގެ ނިޔަތުގައި އެޗްޕީއޭ އިން އެގޮތަށް ކުޅެފައިވާ އިޝްތިހާރެއް އާންމުކުރުމާއެކު އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެޗްޕީއޭގެ އެ އިޝްތިހާރާ ގުޅިގެން އާންމުން ވަނީ ގަޔަށް އަތްލާއި ޒުވާބުކުރާ ގޮތަށް އިޝްތިހާރު ކުޅެގެން އާންމުން ހޭލުންތެރިކުރުވުމަކީ ރަނގަޅު ކަމެއް ނޫންކަން ފާހަގަކޮށްފަ އެވެ. 

އަދި އެފަދަ އިޝްތިހާރެއް އެޗްޕީއޭގެ ފަރާތުން އާންމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މީހުން ދަނީ ބުނަމުންނެވެ. 

އެ އިޝްތިހާރާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހުސެއިން ހަބީބު ވިދާޅުވެފައި ވަނީ "ގެވެށި އަނިޔާކުރާ އެ ވީޑިއޯ ސަޅިއެއް ނޫން" ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ވަނީ މަރިޔަބުއަށް ނޭނގޭ ކަމަކީ ފެންނަ ކޮންމެ މީހެއްގެ ކައިރީގައި ރައްކާތެރިވުމަށް އެދި ޖެހުމަކީ ރަނގަޅުކަމެއް ނޫންކަން ކަމަށެވެ. އަދި ނޭނގި ނަމަވެސް އެއީ ޒުވާނުންނަށް ދެވުނު ޕޮޒިޓިވް މެސެޖެއް ނޫން ކަމަށް ވިދާޅުވި އެވެ. 

އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަދި އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވެސް ވަނީ އަންހެނުންނަކީ ޝަކުވާ ބޮޑު ބައެއްގެ ގޮތުގައި އިޝްތިހާރުގައި ދެއްކުމުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އިޝްތިހާރުގައި ރުޅިމޫނު ދެއްކުމާއި ގަދަބަހުން ކަންކަން ކުރުވާގޮތް ދެއްކުމުގެ އިތުރުން އަތް އިސް ކުރާތަން ދެއްކުމަކީ މުޖުތަމަށް ދެވޭ ނުރަނގަޅު މެސެޖެއް ކަމަށް ބުނެ ގިނަ ބަޔަކު އެޗްޕީއޭއަށް ފާޑުކިޔުންތައް އަމާޒުކުރަމުންދިޔަ ނަމަވެސް މިހާތަނަށް އެކަމުގައި އެޗްޕީއޭ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

26%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
52%
ވަރަށް ސަލާމް
ކޮމެންޓްސް