ads
ވެލެންސިޔާގެ ބައެއް ކުޅުންތެރިން- ފޮޓޯ ޖަޒިއާ އެފްބީ
ވެލެންސިއާއިން މިއަދު ޕްރެކްޓިސް ފަށަނީ
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބު ވެލެންސިއާއިން މިއަދު ޕްރެކްޓިސް ފަށާނެއެވެ.

ވެލެންސިޔާގެ ޕްރެކްޓިސް މިއަދު ފަށާނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ)ގެ އިރުޝާދުގެ ދަށުންނެވެ. މިއާއެކު ވެލެންސިއާ ވެގެންދާނީ އަންނަ ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފަށާ ދެވަނަ ޓީމަށެވެ. މާޒިޔާއިންވަނީ މިހާރު ޕްރެކްޓިސް ފަށާފައެވެ.

ވެލެންސިއާ އަލުން އެނބުރި އެއްވަނަ ޑިވިޝަނަށް މިއައީ ދެހާސް ސަތާރަވަނަ އަހަރު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން ޖެހިގެން އައި އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އަލުން އެއްވަނަ ޑިވިޝަނަށް ވެލެންސިއާ އަރައި، މިއަދު ޕްރެކްޓިސް ފަށާއިރު ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީވަނީ އެ ޓީމާ ގުޅިފައެވެ. އޭގެ އިތުރުން ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރުވެސް ކުޅޭނީ ވެލެންސިއާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް