ads
ނިކީ އަދި ކެނެތު--
ނިކީއަށް ލިބުނީ ފިރިހެން ކުއްޖެއް
ލަވަކިޔުންތެރިޔާ ނިކީ މިނާޖުގެ ފުރަތަމަ ދަރިފުޅު ވިހެއުމާއެކު ފޭނުން ދަނީ އޭނާއަށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.

ނިކީ އާއި ފިރިމީހާ އަދި ރެޕް ލަވަކިޔުންތެރިޔާ ކެނެތު ޕެޓީއަށް ދަރިއަކު ލިބެން އުޅޭ ކަން އެމީހުން ހާމަ ކުރީ މި އަހަރުގެ ޖުލައި މަހު އެވެ.

އޭރު ލިބުނު ބައެއް މަރުހަބާގެ މެސެޖުތަކަށް ޝުކުރު އަދާ ކުރަމުން އިއްޔެ ނިކީ ވަނީ ދަރިފުޅު ވިހާފައިވާ ކަމަށް ބުނެފި އެވެ. އަދި ލިބުނީ ފިރިހެން ކުއްޖެއް ކަމަށް ވެސް ބުނެފައި ވެއެވެ. 

ނިކީ އާއި ކެނެތު ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 21 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް