ads
ކްރިސްޓޮފާ ކްރޮސް--
ކޮވިޑުގެ ސަބަބުން ލަވަކިޔުންތެރިޔާ ކްރިސްޓޮފާ ކްރޮސް ޕެރެލައިޒްވެއްޖެ
ލަވަކިޔުންތެރިޔާ ކްރިސްޓޮފާ ކްރޮސް އަށް ކޮވިޑް-19 ޖެހުމުން ހާލު ދެރަވެ، ފުރާނައަށް ހަނގުރާމަ ކުރަން ޖެހުނު ގޮތުގެ ވާހަކަ ހިއްސާކޮށްފި އެވެ.

ސީބީއެސް ސަންޑޭ މޯނިން އަށް ދިން އިންޓަވިއުގައި އުމުރުން 69 އަހަރުގެ ކްރިސްޓޮފާ ބުނީ އޭނާއަށް ކޮވިޑް ޖެހުނީ މެކްސިކޯއަށް ކުރި ދަތުރަކަށް ފަހު ކަމަށެވެ.

ތިން ހަފްތާ ވަންދެން ބަލިކޮށް އުޅެން ޖެހުނުއިރު، ބަލި ރަނގަޅުވުމުން ޝޮޕިން އަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ގެއަށް އައިސް ނުވަދެވެނީސް ފައިން ވާގި ދޫވެގެން ވެއްޓުނީ އެވެ.

ކްރިސްޓޮފާ ބުނީ އޭނާއަށް ގިލަން ބެރޭ ސިންޑްރޯމް ޖެހިފައިވާ ކަމަށް ޑޮކްޓަރު ނިންމި ކަންކަމަށެވެ. އެ ބައްޔަކީ ހަށިގަނޑު ދިފާއީ ނިޒާމު ނާރުތަކަށް ހަމަލާ ދޭ ސިކުނޑި އަދި ނާރުގެ މައްސަލަ އެކެވެ. 

ޑޮކްޓަރު ގަބޫލުކުރި ގޮތުގައި އޭނާއަށް އެ މައްސަލަ ދިމާވީ ކޮވިޑް ޖެހުމުގެ ސަބަބުންނެވެ. ކްރިސްޓޮފާ ބުނީ އެކަން ދިމާވެގެން އުޅުނު 10 ދުވަހަކީ އޭނާގެ ހަޔާތުގެ އެންމެ ބިރުވެރި ދުވަސްތައް ކަމަށެވެ.

ގްރެމީ އެވޯޑު ހޯދާފައިވާ އެ ލަވަކިޔުންތެރިޔާ ބުނީ އޭނާއަށް ނުހިނގި އޮންނަން ޖެހުނު ކަމަށާއި ފައިގެ ވާގި ނެތުމުން ގުޑާ ވެސް ނުލެވޭ ކަމަށެވެ.

އެކަމުން ރަނގަޅުވުމުގެ ސްޓޭޖުގައި މިހާރު ހުރިއިރު، ވާހަކަދެއްކުމާއި ހަނދާނަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. އަދި ފުރޮޅުލީ ގޮނޑިން ތެދުވެ، ދަނޑިއެއްގައި ހިފައިގެން މިހާރު ހިނގޭ ކަމަށް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް