ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް--
ވީއައިއޭއަށް އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އަންނަ އަހަރު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ބަޔަކު ހޯދަން ބޭނުންވާ ކަމަށާއި އެގޮތުން ފޯރުކޮށްދޭންޖެހޭ އިންޝުއަރެންސްތަކަކީ "އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން" އިންޝުއަރެންސް، އަދި "އެއާޕޯޓް އެވިއޭޝަން ލަޔަބިލިޓީ" އިންޝުއަރެންސް ގެ އިތުރުން "ޓެރަރިޒަމް" އިންޝުއަރެންސް ކަމަށެވެ. 

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަން ވަނީ އެދިފަ އެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދިނުމަށް ވެސް އެދިފައިވާއިރު އެގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެމްއޭސީއެލުން ބުނީ ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ހެނދުނު 10:15 ކަމަށެވެ. އަދި ހުށަހަޅާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ކަމަށާއި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ހެނދުނު 10:15 ގައި، އެ ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް ބުނެ އެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް