އެގޮތުން ކަޕަޗިނޯ އަކީ ކޮފީގެ ބުއިންތަކުގެ ތެރެއިން އެއް ބާވަތެވެ. ކަޕަޗިނޯ ތައްޓެއް ފަސޭހައިން ތައްޔާރު ކުރެވޭ އިރު، ރާއްޖެ ފަދަ ހޫނު ގައުމަކަށް ހަވީރު ނުވަތަ ހެނދުނުގެ ވަގުތުގައި ފިނި ކަޕަޗިނޯ ތައްޓެއް ވަރެއް ހަމަ ނެތެވެ. އެހެންކަމުން ފިނިކޮށް ކަޕަޗިނޯ ހަދާނެ ގޮތުގެ ރެސިޕީއެއް ހިއްސާކޮށްލާނަމެވެ.
ބޭނުންވާ ތަކެތި (1 ޖޯޑު ކަޕަޗިނޯ އަށް)
ތައްޔާރު ކުރާނެ ގޮތް
އެތެރެއަށް ވައި ނުވަންނާނެ ގޮތަށް ބަންދު ކުރެވޭ ޖާއެއް ނުވަތަ ކޮންޓެއިނަރަކަށް ކޮފީ، ހަކުރު އަދި ހޫނު ފެން ފޮދު އަޅާލާށެވެ. މަތިގަނޑު ޖެހުމަށް ފަހު ރަނގަޅަށް ތަޅުވާލާށެވެ. ފޮނު އުފެދޭ ވަރަށް ތަޅުވާލުމުން ރަނގަޅު ވާނެ އެވެ. ތައްޓަކަށް އައިސް ކިއުބް އެޅުމަށް ފަހު، އޭގެ ތެރެއަށް މި މިކްސް އަޅާލާށެވެ. އެއަށްފަހު ކިރު އަޅާށެވެ. ރަހަ ހެޔޮ ވަރު ކުރަން ޖެހޭ ނަމަ އިތުރަށް ކިރު އެޅި ދާނެ އެވެ.