ads
ދަތުރުވެރިންގެ މާރުކޭޓް-
މާރުކޭޓާއި ބިންތަކުގެ ކުލި މާލެ ސިޓީ ކައުންސިލަށް ލިބޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރަނީ
މާލޭ ސިޓީގެ މާރުކޭޓުތަކާއި ހުސް ބިންތަކުގެ ކުލި ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ގޮތް ހެދުމަށް މަޝްވަރާ ކުރަން ފަށައިފި އެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ މާރުކޭޓުތަކާއި ހުސް ބިންތަކުގެ ކުލި މިހާރު ދައްކަން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. 

ޕީއެސްއެމްގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކައުންސިލުގެ ބެލުމުގެ ދަށުން ކުއްޔަށް ދީފައިވާ ބައެއް ތަންތަނުގެ ކުލި މިހާރު ވެސް ކައުންސިލަށް ލިބޭ ކަމަށެވެ. 

އޭގެ އިތުރުން ވެސް މާރުކޭޓުތަކާއި ބައެއް ހުސް ބިންތަކުގެ ކުލި ކައުންސިލަށް ލިބޭނެ ގޮތް ހެދުމަށް މަޝްވަރާތައް ކުރިއަށް ދާ ކަމަށް ޝިފާ ފާހަގަކުރެއްވި އެވެ.

މީރާ އާއެކު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން 10 ބާވަތެއްގެ ކުލީގެ ފައިސާ މިހާރު ވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ސިޓީ ކައުންސިލަށް ލިބެމުންދާ ކަމަށް ޝިފާ ވިދާޅުވި އެވެ.

އެއީ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތަކުގެ ކުއްޔާއި، ޕާކިން ޒޯނުތަކާއި، އިޖުތިމާއީ ކަންކަމަށް ދޫކޮށްފައިވާ ޕާކުތަކުގެ ކުއްޔަށްވާ ފައިސާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް