ads
މަރާލި ޓީޗަރު ކިޔަވައިދިން ކޮލެޖު-- ފޮޓޯ: ރޮއިޓާޒް
ފްރާންސްގެ މަގުމަތީގައި ޓީޗަރެއްގެ ބޯ ބުރިކޮށް މަރާލައިފި
ފްރާންސްގެ ވެރިރަށް ޕެރިސްގެ މަގުމަތީގައި ޓީޗަރެއްގެ ބޯ ބުރިކޮށް މަރާލި މައްސަލައާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ރޮއިޓާޒް އިން ރިޕޯޓު ކުރާ ގޮތުގައި އެ ހަމަލާއަކީ އިސްލާމިސްޓް ހަރުކަށި ފިކުރުގެ ޓެރަރިސްޓަކު ދިން ހަމަލާއެއް ކަމަށް ފްރާންސްގެ ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ޓެރަރިސްޓުގެ ގަޔަށް ބަޑި ޖަހާ ވަގުތުން މަރާލާފައި ވެއެވެ. ނަމަވެސް އޭނާ އެކަން ކުރީ އެކަނި ނޫން ކަމަށް ފުލުހުން ގަބޫލު ކުރެ އެވެ.

ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ހަމަލާ ދީފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާނެކެވެ. 

އޭނާ ހަމަލާ ދިން ޓީޗަރު ވަނީ ކީރިތި ރަސޫލާގެ ރަމްޒުކޮށްދޭ ގޮތަށް ކުރަހާފައިވާ ކާޓޫނެއް ދަރިވަރުންނަށް ދައްކާފަ އެވެ. ހަމަލާ ދިނީ އެކަމުގެ ސަބަބުން ކަމަށް ވެއެވެ.

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވެސް ވިދާޅުވީ އެއީ އިސްލާމިސްޓް ހަރުކަށި ފިކުރުގެ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. 

އެ ހަމަލާއަށް ފަހު އެންމެ ފުރަތަމަ ހައްޔަރު ކުރީ ހަމަލާ ދިން މީހާއާ އާއިލީ ގޮތުން ގުޅުން އޮންނަ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.

އެއަށްފަހު ރޭގެ ވަގުތެއްގައި ވަނީ އިތުރު ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޓީޗަރު ކިޔަވައިދިން ކޮލެޖުގެ ދެ ބެލެނިވެރިން ވެސް ހިމެނެ އެވެ. 

އެ ހަމަލާއާ ގުޅިގެން ފްރާންސްގެ މުސްލިމް ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް