ads
ތިލްމީޒާ ހުސެއިން--
ހަތިޔާރު ގަތުމުގެ ބަދަލުގައި ފައިދާވާ ކަންކަން ކުރަން ގޮވާލައިފި
ހަތިޔާރުގަތުމަށް ބިލިއަނުން ފައިސާ ހަރަދުކުރުމުގެ ބަދަލުގައި ދުނިޔެއަށް ފައިދާކަމަކަށް ފައިސާ ހަރަދުކުރަން ރާއްޖެއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލައިފި އެވެ.

އދ. ގެ ޖެނަރަލް އެސެމްބްލީގެ 75 ވަނަ ބައްދަލުވުމުގެ ފުރަތަމަ ކޮމިޓީގައި ރާއްޖޭގެ ފަރާތުން އެގޮތަށް ގޮވާލައްވާފައި ވަނީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިންނެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތިލްމީޒާ ވަނީ ދުނިޔޭގެ ގައުމުތަކުން ހަތިޔާރު ގަތުމަށް ބިލިއަނުން ފައިސާ ހަރަދުކުރަމުންދާ ކަމަށާއި އޭގެ ބަދަލުގައި ދުނިޔެއިން ފަގީރުކަން ނައްތާލުމަށާއި ތިމާވެށީގެ މައްސަލަތަކަށް ހަަދުކުރުމަށް ގޮވާލައްވާފަ އެވެ. 

އަދި އޭގެ ބަދަލުގައި ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތަށް ވެސް އެގޮތަށް ފައިސާ ހަރަދުކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.

ތިލްމީޒާ އެފަދަ ގޮވާލެއްވުމެއް ގޮވާލެއްވިއިރު މިމަހުގެ ކުރީކޮޅު އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ތަންފީޒު ނުކޮށް ހުރި ގައުމުތަކުން ވީ އެންމެ އަވަހަކަށް އެ މުއާހަދާގައި ބައިވެރިވުމަށް ގޮވާލައްވާފަ އެވެ. ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލްކުރުމަށް މުހިއްމު ކަމެއް ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ. 

ރާއްޖެއަކީ މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ހަތިޔާރު އުފައްދާނެ ގައުމަށް ނޫން ކަމަށް ވިދާޅުވެ، ޓްރީޓީ އޮން ނަން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ގައުމަކީ ރާއްޖެ ކަމަށް ޝާހިދު ވިދާޅުވެފައިވެ އެވެ. 

 
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް