ads
ދަތުރުވެރިންގެ މާރުކޭޓް---
ތަރުކާރީ އާއި މޭވާ ވިއްކާ ތަންތަން ރަޖިސްޓްރީކުރަން އެދިއްޖެ
ތަރުކާރީ އާއި މޭވާ ވިއްކާ ތަންތަން ރަޖިސްޓްރީކުރުމަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުށަހަޅަން ހުޅުވާލިއިރު އެ ގަވާއިދަށް އަމަލުކުރަން ފަށާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. 

އެ ގަވާއިދު ބުނާ ގޮތުންނަމަ ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކުމާއި، އިލެކްޓްރޯނިކް ޒަރީއާއިން އާންމުންނަށް ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ އިތުރުން އެއް ފަރާތަށް ވުރެ ގިނަ ފަރާތުން، ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތަކަށް ވަކި ތަނެއްގައި ތިބެގެން ތަރުކާރީ ނުވަތަ މޭވާ ވިއްކާނަމަވެސް ރަޖިސްޓްރީކުރަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ. 

ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ، ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހެވެ. 

އެ ގަވާއިދުގައި ވަނީ ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށާއި އަދި ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވެފައި ނުވާކަން އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް، 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ވެސް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް