ads
އިންޑިއާގައި ފާހާނާގައި ބަންދުކޮށްގެން ގެންގުޅުން އަންހެނަކު ސަލާމަތްކޮށްފި
އަހަރަކަށް ވުރެ ގިނަ ދުވަސް ފާހާނާގައި ބަންދުކޮށްގެން ގެންގުޅުނު އަންހެނަކު އިންޑިއާގައި ސަލާމާތްކޮށްފި އެވެ.

އުމުރުން 35 އަހަރުގެ އެ އަންހެން މީހާ، ފާއިތުވި 18 މަސް ދުވަސް ވަންދެން ފާހާނާގެ ތެރޭގައި ގެންގުޅެފައިވާއިރު އޭނާ ސަލާމަތްކުރީ ފުލުހުންނާއި އިންސާނިއްޔަތަށް މަސައްކަތްކުރާ ބަޔެކެވެ. 

ހަރިޔާނާގެ ސިޓީއެއްކަމަށްވާ ޕަނިޕަތުގައި އަންހެން މީހާ، ފާހާނާގައި ބަންދުކުރީ އޭނާގެ ފިރިމީހާ ކަމަށް ބުނެ އެވެ. އަދި މިހާރު ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފާހާނާއެެއްގެ ތެރޭގައި އެމީހާއަށް ދިރިއުޅެން މަޖުބޫރުކުރިއިރު ކެއުމާއި ފެން ވެސް ދެނީ މަދު ފަހަރަކު ކަމަށް ބުނެ އެވެ.

އެގޮތަށް އަނބިމީހާ ގެންގުޅޭ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން ދިޔައިރު އަންހެން މީހާ އޮތީ ފާހާނައިގެ ތަޅުމުގައި ކަމަށާއި އެމީހާއަށް ރަނގަޅަށް ނުވެސް ހިނގޭ ކަމަށް ވެސް ބުނެ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އެމީހާގެ ކައިވެންޏަށް މިހާރު 17 އަހަރުވެއްޖެ އެވެ. އަދި އެމީހުންގެ ކައިވެންޏަށް ތިން ކުދިން ތިބިއިރު އެންމެ ދޮށީ ކުއްޖާގެ އުމުރަކީ 15 އަހަރެވެ. 

ފިރިމީހާ ބުނާ ގޮތުންނަމަ އަނބިމީހާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ކުރާ މީހެއް ނަމަވެސް އެކަމުގެ ލިޔެކިޔުންތައް ހުށަހަޅަން ބުނުމުން އެ ލިޔެކިޔުން ފިރިހެން މީހާއަށް ހުށަހެޅިފައެއް ނުވެ އެވެ. އަދި އަންހެން މީހާއަށް އާއިލާގެ އެންމެން ވެސް ފާހަގަކުރަން އެނގުން ކަމަށް ބުނެ އެވެ. 

މިހާރު އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އެމީހާ ހަވާލުކޮށްފައި ވަނީ އޭނާގެ ދެބެއިންގެ ދެދަރި މީހަކާއި ކަމަށް ވެސް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް