ads
ކުޅުދުއްފުށީ ސިޓީ: މޯލްޑިވްސް އިންޑިޕެންޑެންޓް
ކުޅުދުއްފުށި އަނެއްކާވެސް މޮނިޓަރިންއަށް
ހދ. ކުޅުދުފުއްޓަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތަށް އަނެއްކާވެސް ގެނެސްފި އެވެ.

އެރަށް މޮނިޓަރިންއަށް ލާފައިވާކަން އަންގާ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ސޮއިކުރައްވާ ފޮނުއްވި އެންގުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިންއަށް ލާފައިވާކަމަށާއި އެހެންކަމުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

މޮނިޓާކުރުމާ ގުޅިގެން އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ވަނީ އަންގާފައެވެ.

ކުުޅުދުއްފުށި ވަނީ މީގެ ކުރިން ވެސް މޮނިޓަރިން އަށް އެކި ފަހަރުމަތިން ލާފައެވެ. އެންމެ ފަހުން އެ ރަށް މޮނިޓަރިން އިން ނަގާފައިވަނީ މިމަހުގެ ތެރޭގައެވެ.

ކުުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ އިތުރު ދެ ފުލުހަކު އިއްޔެވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ ރަށު ފުލުހުންގެ ކްލަސްޓާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 16 އަށް އަރާފައެވެ.

މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކާ ކޮންޓެކްޓްވެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އޭގެ ފަހުން ހަމަ އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކާއި ށ. ފޯކައިދޫއިންވެސް ފުލުހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް