ads
ތިލަފުށި--
މާދަމާ އިން ފެށިގެން ތިލަފުއްޓާއި ގުޅީފަޅުން ކުއްޔަށްދޫކުރި ތަންތަނަށް ފައިސާ ދައްކަން ޖެހޭނީ އެޗްޑީސީއަށް
މާދަމާ އިން ފެށިގެން ތިލަފުއްޓާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތަކަށް ފައިސާ ދައްކަން ޖެހެނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެޗްޑީސީ އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީ.އެމް.އައި.ޒެޑް.އެލް) އެއްކޮށްލުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ތިލަފުށި އަދި ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށްދިނުމާބެހޭ ގޮތުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް އެ ކޯޕަރޭޝަނަށް ނަގުލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. 

އަދި ތިލަފުށި އަދި ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަންގަވާފައިވާ
ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަވަންޖެހޭ މަހު ކުއްޔާއި އެހެނިހެން ފީތައް މާދަމާއިން ފެށިގެން އެ ކޯޕަރޭޝަނަށް ދައްކަމުން ގެންދިއުމަށް ވަނީ އަންގާފަ އެވެ. 

އެގޮތުން، ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކު ތައްޔާރު ކުރަންވާނީ އެޗްޑީސީގެ ނަމުގައި ކަމަށާއި އަދި ނަގުދު ފައިސާއިން ކުއްޔާއި އެހެނިހެން ފީ ދައްކަވަން ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުގެ މައި އޮފީހުގައި ގާއިމުކޮށްފައިވާ ކޭޝް ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކެވޭނެ އިންތިޒާމުވާނީ ހަމަޖެހިފައި ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ ހިދުމަތް ހޯދާއި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ ކޯޕަރޭޝަނުން ތައާރުފްކޮށްފައިވާ "މައި ހުޅުމާލެ" ވެބް ޕޯޓަލްގައިވާ "ކުއިކް ޕޭ' މެދުވެރިކޮށް، ތިލަފުށި އަދި ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން
ދައްކަވަންޖެހޭ ފައިސާ ދެއްކެވޭނެ ގޮތް ހަމަޖައްސަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް