ads
ހިޔާ މަޝްރޫއު- ފޮޓޯ/ ހައުސިންގް
ފައިސާ ދައްކާއިރު ފުރިހަމަ މައުލޫމާތު ހުރުން މުހިއްމު: އެޗްޑީސީ
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކި ފަރާތްތަކަށް ވިއްކާ ފްލެޓް، ގޯތި އަދި ރޯހައުސްތަކާއި ކުއްޔަށްދީފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ފައިސާ ދައްކަމުންދާއިރު ފުރިހަމަ މައުލޫމާތާއެކު ފައިސާ ދެއްކުމަށް އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ވިއްކާ ބިންތަކަށް ބީއެމްއެލް އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުން ފުރިހަމަ މައުލޫމާތު ނުހިމަނައި ފައިސާ ޖަމާކުރާކަން ފާހަގަކޮށް، އޭގެ ސަބަބުން އެޗްޑީސީ އަށް ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްފަ އެވެ.

އެހެންކަމުން ބިންތަކަށް ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްޓަކައި އާންމު ފަރާތްތަކުން ފުރިހަމަ މައުލޫމާތާއި، ފުރިހަމަކޮށްފައިވާ ލިޔެ ކިޔުންތައް ހުށަހަޅަން އެޗްޑީސީ އިން ވަނީ އިލްތިމާސްކޮށްފައެ ވެ. އަދި ފައިސާ ދެއްކުމަށްފަހު، ފައިސާ ލިބިފައިވޭތޯ ޔަގީން ކުރުމަށް ވެސް އެދިފައިވެ އެވެ. 

އޭގެ އިތުރުން އެޗްޑީސީން ވަނީ އެ ކޯޕޮރޭޝަނުން ތައާރަފް ކޮށްފައިވާ 'މައި ހުޅުމާލެ' ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް