ads
އެފްއެސްއެމް ޕެޓްރޯލް ޝެޑެއް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން ހިދުމަތްދޭ ގަޑިތަކައް ބަދަލު ގެެނެސްފި
ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑްތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް މާލޭގެ ހަތަރު ސަރަޙައްދެއްގެ އިތުރުން ހުޅުމާލޭގައާއި ތިލަފުށީގައިވެސް ހުންނައިރު އެ ޝެޑްތަކުން އިއްޔެއިން ފެށިގެން ހިދުމަތް ދެމުންދާނީ ހެނދުނު 08:30 އިން ރޭގަނޑު 10:30 ހަމައަށެވެ. އަދި ހިދުމަތް ދެމުންދާ ގަޑިތަކުގައި ކޮންމެ ނަމާދު ވަގުތެއްގައި 23 މިނެޓައް ހިދުމަތް މެދުކަނޑާލެވޭނެކަމަށްވެސް އެފްއެސްއެމްއިން ބުނެއެވެ.

އޭގެ އިތުރުން ކޮންމެ ދުވަހެއްގެ މެންދުރު 15:00 އާއި 15:30 އާއި ދެމެދު ތަން ޑިސްއިންފެކްޓް ކުރެވޭނެ ކަމަށް ވެެސް އެފްއެސްއެމްއިން ބުނެއެވެ

މީގެ ކުރިންވެސް އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު ކުރިން ހިދުމަތް ދެމުން އައީ ހެނދުނު އަށަކުން ރޭގަނޑު ނުވަ އަކަށެވެ. 

އެފްއެސްއެމްއިން ބުނީ މިފަހަރު އަނެއްކާވެސް ތަނުގެ ހިދުމަތްދޭ ގަޑިތަކައް ބަދަލު ގެެނެސްފައިވަނީ އެޗްޕީއޭއިން މާލޭ ސަރަހައްދުގައި އިއުލާންކުރި ކާފިއުގެ ވަގުތަށް ބަދަލު މިމަހުގެ 16 ވަނަ ދުވަހު ބަދަލު ގެނައުމާއި ގުޅިގެން ކަމަށެވެ. 

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މާލެއާއި، ހުޅުމާލެއާއި، އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުމެ އުޅެޥޭނެ ވަގުތު އެޗްޕީއޭއިން ވަނީ ރޭގަނޑު 11:00 ހަމައަށް އިތުރު ކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް