ads
ގެސްޓްހައުސްއެއް--
ގޭމްގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި
ގެސްޓްހައުސް އެެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ހަ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލަައި ވަނީ ގޭމްގެ ރައީސް ކަމާއި ނައިބްރައީސް އަދި ސެކްރެޓަރީ ޖެނަރަލްކަމާއި ކޯޕަރޭޓް އެފެއާޒާއި އެކްސްކޯ މެމްބަރުކަމުގެ ދެ މަގަމާށް ކުރިމަތިލުމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ގޭމްގެ ގޯލްޑް މެމްބަޝިޕް ރަޖިސްޓްރީކޮށް އަހަރީ ފީ ދައްކާފައިވާ ފަރާތަކަށް ވުމާއި ގޭމް ތަމްސީލުކުރުމަށް ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވެސް ވާން ޖެހެ އެވެ. އޭގެ އިތުރުން އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވެސް ވާންޖެހެ އެވެ. 

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ބައި އިލެކްޝަން މަމަހުގެ 31 ގައި ބާއްވަން ނިންމާފައިވާއިރު މަގާމުތަކަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް