ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ރާއްޖެއިން ކޮވިޑްގައި 37 މީހަކު މަރުވެއްޖެ
ރާއްޖެއިން އިތުރު މީހަކު ކޮވިދް ޖެހިގެން މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 3:50 ގައި ކޮވިޑްގައި 37 ވަނަ މީހަކު މަރުވެފައިވާ ކަމަށެވެ. 

މަރުވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ބުނެ އެވެ. އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ. 

މިއީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ. 

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 11،178 އަށް އަރާފައިވާއިރު ބަލީގައި ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 10،097 ގަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 1038 އަށް ތިރިކުރެވިފައިވާއިރު ރާއްޖެއިން ކޮވިޑުން ރައްކާތެރިވުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ވެސް ވަނީ ލުއިތައްދޭން ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް