ads
ށ. ފޯކައިދޫ-- ފޮޓޯ: ކޭއޯ
ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި
ށ. ފޯކައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފޯކައިދޫގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އޭގެ ތެރެއިން އެކަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް އިއްޔެ ރޭ 19:10 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

އަދި އެ މައްސަލައާ ގުޅިގެން މިހާރު އުމުރުން 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް މިހާރު ކޯޓުން ދީފައިވާއިރު އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް