ads
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް-- ފޮޓޯ: ޕީއެސްއެމް
އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް
އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ 12:28 ހާއިރު ކަމަށެވެ. 

އަދި އެ މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.  

އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު އަނިޔާވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް