ads
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ--
ދައުލަތުގެ ދަރަނިހުރީ ކަންބޮޑުވާންޖެހޭ ވަރުގައެއް ނޫން: އަބްދުއްޣަފޫރު މޫސާ
ދައުލަތުގެ ދަރަނި ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ނޫން ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އަބްދުލްޣަފޫރު މޫސާ މިފަދައިން ވިދާޅުވެފައިވަނީ މުޅިމަޖިލީހުގެ ކޮމިޓީގައި ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. 

މުޅިމަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ދައުލަތުގެ ދަރަނި ހުރި މިންވަރު މަޖިލީހުގެ މެމްބަރުންނަށް އިނގުން މުހިންމު ކަމަށެވެ. އަދި ކަންބޮޑުވާ ދަރަޖައަށް ރާއްޖޭގެ ދަރަނި ހުރިކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. 

"ކަންބޮޑުވާ ހިސާބަށް ދައުލަތުގެ ދަރަނި ހުރިކަމަށް އަޅުގަނޑަކަށް ނުވިސްނޭ."

އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިއަހަރުގެ ފަހު ކުއާޓާ ގައި ގިނަ ވެގެން ދައްކަންޖެހެނީ 30 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ އަދަދު ދެއްކޭނެ ކަމަށާއި، ސޮވަރިން ފަންޑްގައިވެސް އެވަރު ހުންނާނެ ކަމަށް ވިދާޅުވި އެވެ.  

ދައުލަތުން ނަގާފައިވާ ލޯންތަކަކީ ރިކަރަންޓް ހަރަދަށް ނަގާފައިވާ ލޯން ނޫންކަން ފާހަގަކޮށް އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ލޯންތައް ނަގާފައިވަނީ ތަރައްގީގެ މަސައްކަތްތަކަށް ކަމަށެވެ. އަދި އެ ލޯންތައް ނަގާފައިހުރީ އަނބުރާ ދައުލަތަށް އެފައިސާ ވެއްދޭގޮތަށް ކަމަށެވެ. 

މިއަދުގެ ހާލަތަކީ ތަފާތު ހާލަތެއްކަން ފާހަގަކޮށް އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ދަރަނީގެ ހާލަތު އޮތީ އަނބުރާ ނުދެއްކޭނެފަދަ ގޮތަކަށް ނޫންކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް